މާމެންދޫ ރައްޔިތުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރި، އިޖުތިމާއީ ގޮތުން ޙަރަކާތްތެރި، މާލީގޮތުން ފުދުންތެރި، ސިޔާސީގޮތުން ބާރުވެރި، ސަގާފީގޮތުން ހޭލުންތެރި، އިގްތިޞާދީގޮތުން އުފެއްދުންތެރި، ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ، އަމާން ވެއްޓެއްގައި ދިރިއުޅޭ، ތަހުޒީބުވެފައިވާ، ޤާނޫނާއި، ޤަވާއިދަށް ބޯލަނބާ، ދުޅަހެޔޮ، ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުން
ކައުންސިލްގެ ވިޝަން
މާމެންދޫއަކީ ލ.އަތޮޅުގެ ތަރައްޤީގެ ރޮނގުން ފާހަގަކޮށްލެވޭ، އިޖުތިމާއީ ގޮތުން ޙަރަކާތްތެރި، މާލީގޮތުން ފުދުންތެރި، އިގްތިޞާދީގޮތުން އުފެއްދުންތެރި، ކުއްމަދު އަމާން ވެއްޓެއްގައި ދިރިއުޅޭ، ހޭލުންތެރިވެ ތަހުޒީބުވެފައިވާ، ސިޔާސީގޮތުން ބާރުވެރި، ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ، ޤާނޫނާއި، ޤަވާޢިދަށް ބޯލަނބާ، ދުޅަހެޔޮ ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ވުން