ތަޢާރަފް

ހައްދުންމަތީ މާމެންދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި މާމެންދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 3 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަށްވަނަ ބާބުގައި އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ކަނޑައަޅުއްވާފައި ވާތީ، އިދާރީ ދާއިތައް ހިންގުމުގެ އަސާސްތަކާއި ބާރާއި މަސްއޫލިއްޔަތު ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު” ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން 17 މެއި 2010 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން އެ ޤާނޫނުގެ ދަށުން އުފެއްދެވި މުވައްސަސާއެކެވެ. ކައުންސިލްގެ ފުރަތަމަ ދައުރުގެ ކައުންސިލަރުން ހުވާ ކޮށްފައި ވަނީ 26 ފެބުރުވަރީ 2011 ވީ ހޮނިހިރު ދުވަހުއެވެ.

ކޮޕީރައިޓް © 2020، ހައްދަުންމަތީ މާމެންދޫ ކައުންސިލް